Jumhooree party

ޖުމްހޫރީ ޕާޓީ

 

ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު،ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި ބައިވެރިވެރިވެ، ތަޢުޒިޔާ ދެންނެވުން.

 

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ހެންވޭރު މީނާޒު އަލްއުސްތާޒް ޢަބްދުﷲ ޙަމީދު އާލާސްކަންފުޅެއްގައި ފަރުވާ ދެމުން ދަނިކޮށް، އިންޑިއާގެ ބެންގަލޫރުގައި ވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައެވެ. އަލްމަރުޙޫމް އަލްއުސްތާޒް ޢަބްދުﷲ ޙަމީދަކީ ދަޢުލަތުގެ އެކިއެކި ވުޒާރާ ތަކުގައި ވަޒީރުކަން ކުރައްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ.

މަރުޙޫމް ގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަމެވެ. އާމީން

މި ހިތާމަވެރި ދަނޑިވަޅުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންނާއި، އާންމު މެންބަރުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަލްމަރުޙޫމް އަލްއުސްތާޒް ޢަބްދުﷲ ޙަމީދުގެ ލޮބުވެތި ޢާއިލާއަށް ކެއްތެރިކަން ދެއްވުންއެދި އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރަމެވެ.

            18 އޮގަސްޓް 2015

                                                                       ޤާސިމް އިބްރާހިމް

                                                                             ޖުމްހޫރީ ޕާޓީގެ ލީޑަރ

 

 

 
yesiten