Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްހާމް އަހްމަދަށް ބަޔަކު ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށް ޕާޓީގެ ލީޑަރު ނެރޭ ބަޔާން.

                                                                                                                           ނަންބަރު: JP-NB/2016/001

     ނޫސްބަޔާން

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްހާމް އަހްމަދަށް ބަޔަކު ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށް ޕާޓީގެ ލީޑަރު ނެރޭ ބަޔާން.

      ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮންރަބުލް އިލްހާމް އަހްމަދު ، އެ މަނިކުފާނުގެ ތުއްޕުޅު ބޭފުޅަކު ގޮވައިގެން ސައިކަލްގައި މާފާންނު ފަލާހް ޕުރީސްކޫލް ކުރިމަތިން ވަޑައިގަންނަވަނިކޮށް ، ކުއްލިގޮތަކަށް ސައިކަލް ގެ ކުރިމައްޗަށް ބަޔަކުއަރައި ހުއްޓުވުމަށް ފަހު އެ މަނިކުފާނަށް ހަމަލާދީ ، އެމަނިކުފާނާއެކުގައި ދިޔަ ދެކޮށްކޮއަށް ވެސް ހަމަލާދިނުމުގެ ސަބަބުން ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އަދި  އެ މަނިކުފާނުގެ ތިންއަހަރުގެ އަންހެން ދަރިފުޅުގެ ގައިގާ އަތްލާ ، އަޑުގަދަކޮށް ހަޅޭއްލަވާ ހެދުމުގެ ސަބަބުން ނަފްސާނީ ގޮތުން އެ ދަރިފުޅަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެހެންކަމުން މި ދަށުދަރަޖައިގެ ފިނޑި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން މި ޕާޓީން ކުއްވެރިކުރަމެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތީން އޮނަރަބުލް އިލްހާމް އަހްމަދަށް ހަމަލާދީ އަދި އެ މަނިކުފާނުގެ ކާރުކޮޅަށް ވެސް ބަޔަކު ގަސްތުގައި ގެއްލުންދީފައިވި ނަމަވެސް މީގެއިން އެއްވެސް މައްސަލައެއް ކަމާބެހޭ ފަރާތްތަކުން ބަލާ ތަހްޤީގުކޮށް މިހާތަނަށް ފިޔަވަޅެއް އެޅިފައި ނުވާތީވެ، ކަމާބެހޭ ފަރާތްތަކުން އެ މައްސަލަތައް ބައްލަވައި އަވަސްފިޔަވަޅުތަކެއް އަލުއްވައި ދެއްވުމަށް މި ޕާޓީން އިލްތިމާސް ކުރަމެވެ.

                     11 ޖެނުއަރީ 2016

 

 
yesiten