Jumhooree party

ޖުމްހޫރީ ޕާޓީ

 

އެސް.އޯ.އެފް ގެ ޤާނޫނީ ވަކީލު އަލްއުސްތާޒް ހުސްނުއް ސުއޫދުއާއި ހަވާލާދީކަމަށް ބުނެ 6 ފެބްރުއަރީ 2016 ވަނަ ދުވަހު ރާއްޖެޑޮޓް އެމްވީ ގައި ޝާއިޢުކުރި ޚަބަރު ދޮގުކުރުން.

ނަންބަރު: JP-NB/2016/002

                               ނޫސްބަޔާން

އެމް.އެމް.ޕީ.އާރު.ސީ ގެ ކޮރަޕްޝަންގެ މައްސަލާގައި ޖޭޕީގެ ލީޑަރު އޮންރަބުލް ޤާސިމް އިބްރާހިމް އަށް ބައި އެޅޭގޮތަށް މުޢާމަލާތެއް ހިންގާފައިވާކަމަށް އެސް.އޯ.އެފް ގެ ޤާނޫނީ ވަކީލު އަލްއުސްތާޒް ހުސްނުއް ސުއޫދުއާއި ހަވާލާދީކަމަށް ބުނެ 6 ފެބްރުއަރީ 2016 ވަނަ ދުވަހު ރާއްޖެޑޮޓް އެމްވީ ގައި ޝާއިޢުކުރި ޚަބަރު ދޮގުކުރުން.

ޖުމްހޫރީ ޕާޓީގެ ލީޑަރ ، ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި ވިލާ ޝިޕިންގ ގެ ޗެއަރމަން އޮންރަބުލް ޤާސިމް އިބްރާހިމް އަށް ބައިއެޅޭ ގޮތަށް، އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތުގެ މައްސަލާގައި ބައިވެރިވެފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްކަމަށްވާ ރާއްޖެ.އެމްވީ ގައި 2016 ފެބުރުއަރީ 6 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ޚަބަރަކީ އެއްވެސް ހަޤީގަތެއް އެކަމުގައި އެކުލެވިފައިވާ ޚަބަރެއް ނޫން ކަމުގައި ދަންނަވަމަމެވެ.

އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތުގެ މައްސަލާގައި ނެރެފައިވާ އޯޑިޓް ރިޕޯޓާ ގުޅިގެން ، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ނެރެފައިވާ ރަސްމީ ނޫސްބަޔާނުގައި އެ ކުންފުންޏަށް ލިބިފައިވާ ފައިސާ ، ސަރުކާރު ހިންގާ ޕާޓީއާއި، ސަރުކާރާ ސިޔާސީ  އިސްވެރީންނާއި، އެހެނިހެން ފަރާތްތަކަށް ދީފައިވާނެ ކަމަށް ބަޔާންކޮށްފައި ވުމުން ، އެފަދަ އެއްވެސް މުޢާމަލާތެއްގައި ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގެ ހައިޞިއްޔަތުން ، ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގެ ހައިޞިއްޔަތުން ، އަދި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ގެ ޗެއަރމަން ގެ ހައިޞިއްޔަތުން އަދި އެމަނިކުފާނުގެ އަމިއްލަ ހައިޞިއްޔަތުންވެސް އެފަދަ އެއްވެސް ފައިސާ އެއް އަދި އެއްވެސް މުޢާމަލާތެއް ކުރެވިފައި ނުވާނެ ކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް މި ޕާޓީން އަރުވަމެވެ.

މި ފަދަ ސާބިތު ނުހިފޭ ވާހަކަތައް ސިޔާސީ ބޭނުމަކަށްޓަކައި ދައްކަމުންދަނީ މި ޕާޓީ އާއި މި ޕާޓީގެ ލީޑަރު އޮނަރަބުލް ޤާސިމް އިބްރާހިމް އާއި މެދު  ދިވެހި ލޮބުވެތި ރައްޔިތުންނާއި، ބޭރުގެ ފަރާތްތަކާ އޮންނަ އިތުބާރާއި ގާތްގުޅުމަށް އުނިކަން ގެނައުމަށް ކަމަށް މި ޕާޓީން ދެކެމެވެ. އަދި މިފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ

ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި މި ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް އިބްރާހިމަށް، އޮތް ތާޢީދާއި ލޯބި ކިނލަބުކޮށް، ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަޞައްވުރެއް އަށަގެންނެވުމަށްޓަކައި، ހިންގަމުންދާ މި ފަދަ ޖަރީމާތައް ދަޢުލަތުގެ ކަމާބެހޭ އެންމެހާ މުއައްޞަސާތަކުން އިންޞާފްވެރި ތަހްޤީގެއް ހިންގައި ބެލުމަށް މި ޕާޓީން ގޮވާލަމެވެ.

                                9 ފެބްރުއަރީ 2016

 

 
yesiten