Jumhooree party

ޖުމްހޫރީ ޕާޓީ

 

ސަރުކާރުން ވަރަށްކުއްލި ގޮތަކަށް ކާޑުގެ އެންމެ އަސާސީ ބާވަތްތަކުގެ އަގުތައް ބޮޑުކުރުމާއި ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، މާޔޫސްކަމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލުން.

               ނަންބަރު: JP-NB/2016/10/002

     ނޫސްބަޔާން

ސަރުކާރުން ވަރަށްކުއްލި ގޮތަކަށް ކާޑުގެ އެންމެ އަސާސީ ބާވަތްތަކުގެ އަގުތައް ބޮޑުކުރުމާއި ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، މާޔޫސްކަމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލުން.

 

      ޒަމާނުންސުރެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ އެންމެ އަސާސީ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު އަދި ފުށަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން އެންމެ ލުއި އަގެއްގައި ރައްޔިތުންނަށް އަބަދުވެސް ފޯރުކޮށްދެމުން ގެންދިޔަ ތަކެއްޗަށްވެފައި، ވަރަށް ކުއްލިގޮތަކަށް އެތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުކުރުމުގެ ސަބަބުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ވަނީ ކުރިމަތިވެފައެވެ.

އަދި މި ދުވަސް ވަރަކީ މަސްވެރިކަންވެސް ނުހަނުދަށް ދުވަސް ވަރަކަށްވެފައި، ހާއްޞަކޮށް، އަތޮޅުތަކުގެ ރައްޔިތުންނަށް ކާޑްގެ ބާވަތްތައް ގަންނަންލިބޭ އަގުތަކަކީ މީންޒަމާނެއްގައި ވެސް ބޮޑުނުވާވަރުގެ އަގުތަކަކަށްވާތީވެ، އެކަމާ މި ޕާޓީން އިންތިހާއަށް ކަންބޮޑުވަމެވެ. އެހެންކަމުން ދިވެހި ސަރުކާރުން އެ ކަންކަމަށް އިތުރަށް ވިސްނައި ވަޑައިގެން އަދި ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތައް ކުޑަކުރުމަށްފަހު، ރައްޔިތުނަށް ފަސޭހަވާނޭ މަގަށް އެކަންކަން އަލުން ރުޖޫޢުކުރުމަށް މި ޕާޓީން ދިވެހި ސަރުކާރަށް ގޮވާލަމެވެ.

                     03 އޮކްޓޯބަރ 2016

 

 
yesiten