Jumhooree party

ޖުމްހޫރީ ޕާޓީ

 

ދިވެހި ސަރުކާރުން ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން ޖުމްޙޫރީ ޕާޓީން ކަންބޮޑުވުން ފާޅުކުރުން.

                                                                                                                                                     ނަންބަރު: JP-NB/2016/10/003

                                                                                     ނޫސްބަޔާން

ދިވެހި ސަރުކާރުން ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން ޖުމްޙޫރީ ޕާޓީން ކަންބޮޑުވުން ފާޅުކުރުން.

ދިވެހި ސަރުކާރުން ކޮމަންވެލްތުން ވަކިވުމަށް ކުއްލިއަކަށް ނިންމި ނިންމުމާއި މެދު ޖުމްޙޫރީޕާޓީން ނިހާޔަތަށްް ކަންބޮޑުވަމެވެ. ޙާއްޞަކޮށް ކޮމަންވެލްތާއި އދ.އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަމާއި އެކީގައި ރާއްޖޭގެ ސިޔާސީ މަޝްރަހު ފިނިކުރުމަށް ސަރުކާރުން  މަސައްކަތް ފަށާފައިވާ މިދަނޑިވަޅުގައި މިފަދަ ނިންމުމެއް ޢިއުލާން ކުރުމުން  މި ކަންބޮޑުވުން އިތުރު ވެގެން ދެއެވެ.

ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށް ވުމާއިއެކު، ބައިނަލްއަޤްވާމީ އިޤްތިޞާދަށާއި އެހެނިހެން ދޭދޭ ޤައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެކެވެ. ކޮމަންވެލްތް ފަދަ ޖަމާޢަތެއްގައި ރާއްޖެ ބައިވެރިވުމުން ރާއްޖޭގެ އިޤްތިޞާދަށާއި، އިންޞާނީ ވަޞީލަތް ތަރައްޤީ ކުރުމަށާއި، އިންޞާނީ ޚައްޤުތައް ހިމާޔަތް ކުރުމަށާއި، ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށާއި، އަދި މިނޫންވެސް ޤައުމަށް މަންފާކުރަނިވި ތަފާތު ދާއިރާ ތަކުން އެހީތެރިކަން ލިބެމުންދެއެވެ.

ކޮމަންވެލްތު  ފަދަ ރާއްޖެއަށް މުހިންމު ޖަމާޢަތަކުން ރައްޔިތުންގެ ބަހެއްނެތި  ވަކިވުމަށް ސަރުކާރުން ނިންމި ކުއްލި ނިންމުމުން  ދޭހަވަނީ ސިދާ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ޤައުމު މިސްރާބު ޖަހާފައިވާކަމެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ފަހަތައް އެޅުނުފިޔަވަޅެއްކަމުގައި ނޫނީ ނުވާނެއެވެ. އަދި މިފަދަ ފިޔަވަޅެއްގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖެ އެކަހެރިވެ، އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ ކަމާމެދު ޝައްކެއްނެތެވެ.  މިފަދަ ނިންމުންތަކުގެ ނޭދެވޭ އަސަރު އެންމެބޮޑަށް  ކުރާނީ ޢާންމު ރައްޔިތުންނަށެވެ.

ކޮމަންވެލްތުން ވަކިވުމަށް ސަރުކާރުން ނިންމި ނިންމުން އަނބުރާ ޢިޔާދަކުރުމަށާއި  ސިޔާސީ އިސްލާޙްތަށް ކުރިޔަށް ގެންގޮސް ރައްޔިތުންނަށް ގެއްލިފައިވާ ހައްޤުތައް ހޯދައިދީ ހަމަހަމަ އުޞޫލުން ކަންކަން ކުރުމަށް އިސްކަން ދިނުމަށް ސަރުކާރަށް ގޮވާލަމެވެ.

                        14 އޮކްޓޯބަރ 2016

 

 
yesiten