Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލުން.

                                                 ނަންބަރު : JP-IL/2016/11/008

 

އިޢުލާން

ޖުމްހޫރީ ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލުން.

ޖުމްހޫރީޕާޓީގެ ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތި ލެއްވުމުގެ ޝަޢުގު ވެރިކަން ހުރި ޖުމްހޫރީޕާޓީގެ އެންމެހާ މެންބަރުންނަށް ޢާއްމުކޮށް ހުޅުވާލަމެވެ.

1-      ޑެޕިއުޓީ ލީޑަރު                    މަޤާމްގެ ޢަދަދު 1 (އެކެއް)

2-      އަންހެނުންގެ ލީގުގެ ރައީސާކަން                  މަޤާމްގެ ޢަދަދު 1 (އެކެއް)

3-      އަންހެނުންގެ ލީގުގެ ނައިބު ރައީސާކަން           މަޤާމްގެ ޢަދަދު 1 (އެކެއް)

4-      އަންހެނުންގެ ލީގުގެ މެންބަރުކަން               މަޤާމްގެ ޢަދަދު 3 (ތިނެއް)

5-      ޒުވާނުންގެ ލީގުގެ ރައީސްކަން                މަޤާމްގެ ޢަދަދު 1 (އެކެއް)

6-      ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަން            މަޤާމްގެ ޢަދަދު 1 (އެކެއް)

7-      ޒުވާނުންގެ ލީގުގެ މެންބަރުކަން             މަޤާމްގެ ޢަދަދު 3 (ތިނެއް)

8-      އިސްލާމީ ވަޙުދަތު ދަމަހައްޓާ ލީގުގެ ރައީސްކަން         މަޤާމްގެ ޢަދަދު 1 (އެކެއް)

9-      އިސްލާމީ ވަޙުދަތު ދަމަހައްޓާ ލީގުގެ ނާއިބުރައީސްކަން   މަޤާމްގެ ޢަދަދު 1 (އެކެއް)

10-  އިސްލާމީ ވަޙުދަތު ދަމަހައްޓާ ލީގުގެ މެންބަރުކަން          މަޤާމްގެ ޢަދަދު 3 (ތިނެއް)

11-  ޙާއްޞައެހީއަށް ބޭނުންވާ ކައުންސިލްގެ ރައީސްކަން        މަޤާމްގެ ޢަދަދު 1 (އެކެއް)

12-  ޙާއްޞައެހީއަށް ބޭނުންވާ ކައުންސިލްގެ ނައިބު ރައީސްކަން      މަޤާމްގެ ޢަދަދު 1 (އެކެއް)

13-  ޙާއްޞައެހީއަށް ބޭނުންވާ ކައުންސިލްގެ މެންބަރުކަން       މަޤާމްގެ ޢަދަދު 3 (ތިނެއް)

ވީމާ، ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 ނޮވެމްބަރ 2016 ވަނަ ދުވަހުގެ 14:30 ގެ ކުރިން ލިޔުމަކުން ޖުމްހޫރީޕާޓީގެ އޮފީހަށް ހުށަހެޅުއްވުމަށް ނުވަތަadmin@jumhooreeparty.org.mv  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ޒުވާނުންގެ ލީގުގެ މަޤާމްތަކަށް ކުރިމަތިލައްވާ ފަރާތްތަކަކީ، ޢުމުރުން 35 އަހަރުން ދަށުގެ އުމުރުގެ ފަރާތްތައް ކަމުގައި ވާންވާނެއެވެ.

                  7 ނޮވެމްބަރ 2016

 

 
yesiten