Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ ލީގުތަކާއި، ހުސްވެފައިވާ ކައުންސިލްތަކުގެ ގޮނޑިއަށް މެންބަރުން އިންތިޚާބުކޮށްފި

jp-vote

ޖުމްހޫރީ ޕާޓީގެ ލީގުތަކާއި ބައެއް ކައުންސިލްތަކުން ހުސްވެފައިވާ މަޤާމުތަކަށް ބޭފުޅުން އިންތިޚާބުކުރުން ޕާޓީގެ ހިންގާ ކޮމެޓީގެ 94 ވަނަ ބައްދަލުވުމުގައިވަނީ ކިުރިއަށް ގެންދަވައިފި

މި ބައްދަލުމުގައި ޤައުމީ ހިންގާ ކޮމެޓީގެ ގިނަ ޢަދަދެއްގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަވާފައިވަނީ މަޤާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިންއެ މަޤާމަކަށް އިންތިޚާބުކުރާނެ ފަރާތެއް އިންތިޚާބުކުރުމަށް ނަގަންޖެހޭ ސިއްރުވޯޓު ނަގާ ނަތީޖާ އިއުލާން ކުރުމެވެ
ކައުންސިލް ގެ މެންބަރުންގެ ތެރެއިން  ދެބޭފުޅަކު ގެ ބެލުމުގެ ދަށުން ވޯޓްލުމުގެ ކަންތައްވަނީ ކުރިއަށް ގެންގޮސް ފައެވެ.
މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުން ނަށް ޕާޓީގެ ލީޑަރު އޮނަރަބުލް ޤާސިމް އިބްރާހިމް ވަނީ މަރުހަބާވިދާޅުވެފައެވެ

މަޤާމުތަކަށް އިންތިޚާބުވި ފަރާތްތައް

ލީޑަރުގެ ނާއިބު ކަމުގަެ މަޤާމަށް  އޮނަރަބުލް ޢަބްދުﷲ ކަމާލުއްދީން

އަންހެނުންގެ ލީގިގެ ރައީސް ކަމަށް އަިމިނަތު ޢަލީ

ޒުވާނުންގެ ލީގުގެ ރައީސްކަމަށް އަހްމަދު އަޒްމީލް

އިސްލާމީ ވަހުދަތު ދަމަހައްޓާ ލީގުގެ ރައީސްކަމަށް އަލް އުސްތާޒް އަހްމަދު ފާއިޒް

ހާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ލީގުގެ ރައީސްކަމަށް ފާތިމަތު ޝިފާޒާ ސަހީމް

މީގެ އިތުރުން ކައުންސިލް ތަކުގެ ނާއިބުންގެ މަޤާމަށާއި،މެންބަރުންގެ މަޤާމަށް ވެސް ބޭފުޅުން އިންތިޚާބުކުރިއެވެ

ޖޭޕީ އަކީ މިވަގުތު ރާއްޖެއަށް ދިމާވެފައި މިވާ މައްސަލްތަކަށް ހައްލު ހޯދައި ދެވޭނެ ހަމައެކަނި ޕާޓީކަން ވެސް ރައްޔިތުން ދަނީ ޤަބޫލުކުރަމުންނެވެ

 

 
yesiten