Jumhooree party

ޖުމްހޫރީ ޕާޓީ

 

ލޯކަލް ކައުންސިލް އިންތިޚާބުގައި ޖޭޕީ އިން ބައިވެރިވާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަނަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލަށް ކުރިމަތިލައްވާ ކެނޑިޑޭޓުން ގެ ފޯމްތައް މިއަދު އިލްކްޝަންސް ކޮމިޝަނަށް ހުށަހަޅުމަށްޓަކައި ޖޭޕީ ގެ ޓީމެއް އިލެކްޝަންސް ކޮމިޝަނުގައި ވަރަށް ގިނަ ވަގުތަކެއް ވަނީ ހޭދަކުރަން ޖެހިފައެވެ

ޖޭޕީ ގެ ފަރާތުން މިހާތަނަށް ޕާޓީގެ އެންޑޯްޒްމެންޓް ދީފައިވާ ފަރާތްތަކުގެ ތެރެއިން 86 ފަރާތެއްގެ ފޯމްތައް ހުށަހަޅަން ގެންދިޔަ ނަމަވެސް އިލެކްޝަނުން ބަލައިގަތީ 79 ފޯމެވެ ބާކީ 7 ފޯމްގައި ތަފާތު ކުދިކުދި މައްސަލަތައް ހުރިކަމަށް ބުނެ އިސްލާހުކުރުމަށް ފޮނުވިއިރު ބައެއް ފޯމްތައް ފޮނުވާލީ އައިޑީކާޑް ގެ ސާފުކޮޕީއެއް  ހުށަހެޅުމަށް ކަމަށް ބުނެފައެވެ

ޖޭޕީގެ ނަމުގައި އިންތިޚާބަށް ކުރިމަތިލުމަށް އެދިފައިވާ ފަރާތްތައްއަދިވެސް ހުރުމާއެކު އެ ފަރާތްތަކުގެ މަޢުލޫމާތުތައް ސާފުކުރުމަށްފަހު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ

ޖޭޕީގެ ފަރާތުން ބޮޑަށް ބަލަމުންދަނީ ގިނަބަޔަކު އިންތިޚާބުގައި ބައިވެރި ކުރުމުގެ ބަދަލުގައި އެކަށީގެންވާ ރަނގަޅު ކެނޑިޑޭޓުން ހޯދައިގެން އެފަދަ ފަރާތްތައް އިންތިޚާބުގައި ބައިވެރިކުރުމަށް ކަމަށްވާތީވެ، ޖޭޕީގެ ނަމުގައި ބައިވެރިވުމަށް އެދުނު ހުރިހާ ފަރާތްތަކަށް އެފުރުޞަތު ލިބިގެން ނުދިއައީ އެކަށީގެންވާ ރަގަޅު ބޭފުޅުން ނަށް ފުރުޞަތުދީ އެފަރާތްތައް އިންތީޚަބުން ކާމިޔާބު ހޯދައި ދިނުމަށާއި، އަދި

އެފަދަ ފަރާތްކާއެކު އެ ދާއިރާތައް ހިންގުމުގައި އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދެވިދާނެ ކަމަށް ޖޭޕީގެ ކަމާބެހޭ ކޮމެޓީން ބެލި މިންގަނޑުތަކުން އުންމީދުކުރެވޭތީ ކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ

އަދި އިންތިޚާބުވާ ފަރާތްތަކާއެކު ޖޭޕީ އިން މިފަހަރު ގަސްތުކޮށްފައިވަނީ އެފަރާތްތަކުގެ އިންތިޚާބީ މުހުލަތުގައި ގުޅިގެން ދާއިރާގެ ކަންކަން ތަރައްޤީކުރުމުގެ  މަސައްކަތްތަކެއް ކުރުމުގެ މަތިވެރި އުންމީދުގައި ކަމަށް ވެސް ވަނީ މަޢުލޫމާތުލިބިފައެވެ އަދި ޖޭޕީ އަކީ  ރޢްޖެއަށް މިއަދު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަގައި ކުރިއަށް ދެވެންއޮތް އެންމެ އުންމީދީ ޕާޓީއަކީ ވެސް ޖޭޕީ ކަމުގައެވެ

 

 
yesiten