Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖޭޕީގެ ލީޑަރ އޮނަރަބުލް ޤާސިމް އަށް ތިލައުތުރު އުއްތަމަ އަރުތަ އެވޯޑް ލިބުމުން ޖޭޕީ އިން މަރުހަބާ ދެންނެވުން

ތިލަދުންމަތީ އުތުރުބުރީ ގެ ތަރައްޤީއަށާއި، ކުރިއެރުމަށް ، ވިލާ ގުރޫޕްގެ ޗެއަރމަން ، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމަގިލީ ދާއިރާގެ މެންބަރު އޮނަރަބުލް ގާސިމް އިބްރާހިމް ކޮށްދެއްވާފައިވާ މަތިވެރި ހިދުމަތް  ފާހަގަކުރުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން އެމަނިކްފާނަށް ހާއްސަ އެވޯޑެއް އެރުވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީން އެ މަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ

ތިލަ އުތުރު އުއްތަމަ އެވޯޑް ދިނުމަށް މިރޭ ބޭއްވި ޖަލްސާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައިވެސް ބައިވެރިވެވަަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ އޮންރަބުލް ގާސިމް އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މުޅި ހއ ގެ ތަރައްގީއަށް ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި އަތޮޅަށް ރީތި ނަންހޯދާދީ އަތޮޅުގައި ހަރުދަނާ ދަރިވަރުން ބިނާކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް މިފަދަ ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންދާތީ އެކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.

 ރާއްޖޭގެ އެކި ކަންކޮޅުތަކުގެ  ރައްޔިތުންނަށް ތަފާތު ރޮނގުރޮނގުން ގިނަގުނަ އެހީތެރިކަމެއް ދެއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް އަކީ އެ މަނިކުފާނުގެ ދީލަތި އެހީފުޅު ދެއްވުމުގައި ތަފާތުކުރުމެއް ނުގެންގުޅުއްްވާ އާންމުކޮން އެންމެހާ ފަރުދުންނަށް ވެސް އެކިއެކި ހާލަތްތަކުގައިވެސް ދީލަތި އެހީފުޅުތައް ދެއްވަވަމުންގެންދަވާ ދީލަތި ބޭފުޅެއްކަން  ފަޚުރުވެރިކަމާއެކު  ފާހަގަކޮށް އެމަނިކުފާނުގެ  މަސއްކަތްޕުޅަށް ޖުމްހޫރީ ޕާޓީއާޢި ޕާޓީގެ އެންމެހާ މެންބަރުން ނުހަނު ފަޚުރުވެރިވެ ހިތްވަރުދެމެވެ.

މާތް ﷲ ހެޔޮބަރަކާތާއި ، ހެޔޮގޮތް އެ މަނިކުފާނުގެ މަސައްކަތްޕުޅުގައި ލެއްވުން އެދި ދުޢާކުރަމެވެ. އާމީން

 

 
yesiten