Jumhooree party

ޖުމްހޫރީ ޕާޓީ

 

ހިޔުމަން ރައިޓްސް ކޮމިޝަނުގެ ރައީސުން ނެރެފައިވާ ނޫސްބަޔާނަށް ޖުމްހޫރީ ޕާޓީއިން ތާއީދު ކޮށް މަރުޙަބާ ދެންނެވުން.

ނަންބަރު :   JP-NB/2017/04/007

 

ނޫސްބަޔާން

ރާއްޖެއަށް މި ވަގުތު ދިމާވެފައިމިވާ ސިޔާސީ މަސްރަހުގެ ކަންކަން ހުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް ހިޔުމަން ރައިޓްސް ކޮމިޝަނުގެ ރައީސުން ނެރެފައިވާ ނޫސްބަޔާނަށް ޖުމްހޫރީ ޕާޓީއިން ތާއީދު ކޮށް މަރުޙަބާ ދަންނަވަމެވެ.

ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި ސިޔާސީ ފަރާތްތަކަށް އެކިގޮތް ގޮތުން ބިރު ދެއްކުން ޢާންމު ކަމަކަށް ވަމުން ދިއުމާއިއެކު ސީދާ ޙަރަކާތަށް ނުކުތުމުގެ ވަގުތު ޖެހިފައިވާ ކަމަށާއި، އަދި ނުކުތުމަށް ވެސް ޖުމްހޫރީޕާޓީން ގޮވާލަމެވެ.

މިދަނޑިވަޅުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ގުޅިގެން ޖުމްހޫރީޕާޓީން ކުރަމުން ގެންދާ މަސައްކަތްތަކަށް މަޑު ޖެހުމެއް އަޔަ ނުދީ އިތުރަށް ވަރުގަދަ ކުރުމުގެ ޢަޒުމު ޖުމްހޫރީޕާޓީން އާ ކުރަމެވެ.

11 އެޕްރީލް 2017

 

 
yesiten