Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް އިބްރާހިމް ވަރަށް ކުއްލިގޮތަކަށް ހައްޔަރުކުރުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ހާންމަކުރުން.

ނޫސްބަޔާން

 

NB -2017-04-010ނަންބަރު:

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް އިބްރާހިމް  ވަރަށް ކުއްލިގޮތަކަށް ހައްޔަރުކުރުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ހާންމަކުރުން.

 ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުން މަޖިލީހުގެ  މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރ އޮނަރަބުލް ޤާސިމް އިބްރާހިމް   މިރޭ ވަރަށް ކުއްލިގޮތަކަށް، ހައްޔަރުކޮށްފައިވަނީ ، މީގެ ކުރިންވެސް އެ މަނިކުފާނުގެ މައްޗަށް އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއް ކުރައްވާފައިވާ މައްސަލައާއި ގުޅޭ އެފަދަ އެހެން މައްސަލައެއްގައި ކަމަށެވެ.

އޮނަރަބުލް ޤާސިމް އިބްރާހިމް   ހައްޔަރު ކުރީ އެމަނިކުފާނު ގެކޮޅުގެ ކޮޓަރިކޮޅުގައި ހުންނަވަނިކޮށް، ފުލުހުންގެ ބަޔަކުވަދެ އެ މަނިކުފާނުގެ ޤާނޫނީ ވަކީލުންނަށާއި، އާއިލާގެ އެއްވެސް މެންބަރަަކަށް ވެސް ބައްދަލުކޮށްލެވޭނެހާ ވަގުތުކޮޅެއްވެސް ނުދެއްވާކަން ނުހަނު ކަންބޮޑުވުމާއި ހިތާމަޔާއެކު ފާހަގަކުރަމެވެ. އަދި އެމަނިކުފާނު ފުލުހުންގެ ވެހިކަލްގައި ގެންދަވާ ހަތަރު ނަންބަރު ޖެޓީން ލޯންޗަށް އަރާވަޑައި ގަތުމުގެ ކުރީން އެ މަނިކުފާނުގެ ވަކީލުންގެ ބޭފުޅުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށްޓަކައި އެ ސަރަހައްދަށް ވަޑައިގެންނެވިއިރު ފުލުހުން އެ ސަރަހައްދު ބަންދު ކޮށްފައި އޮތުމުގެ ސަބަބުން އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުދެއްވާ ލަސްކުރުމުގެ ސަބަބުން އެ މަނިކުފާނުގެ ވަކީލުންނަށް އަރިހުގައި ވަޑައިގަތުމުގެ ފުރުޞަތު ގެއެްލިގެން ދިޔަކަމީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮނަރަބުލް ޤާސިމް އިބްރާހިމް ހައްޔަރުކޮށް، މިފަހަރު ވެސް ބަހައްޓާފައިވަނީ ކުރީންވެސް ހައްޔަރުކޮށްފައި، ބަހައްޓާފައިވާ ކުޑަގޮޅީގައި ކަމަށްވާއިރު އެ ކުޑަގޮޅީގެ ވައިދައުރުވުމުގެ މައްސަލަ ހުރުމުގެ ސަބަބުން އެ މައްސަލަތައް ރަނގަޅުކޮށް ނުވަތަ ރަނގަޅަށް ވައި ދައުރުވާނޭ ފަދަ ތަނެއްގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސާރވިސް ގެ މައްޗަށް އެ ހުކުމުގައި އަންގާ ޢަމުރުކޮށްފައި ވީނަމަވެސް އެކަންކަން ރަނގަޅު ނުކުރައްވާ ހަމަ އެ ގޮޅީގައި ބަންދުކުރައްވާފައިވާތީވެ، އެކަންކަން އިސްލާހް ކޮށްދެއްވުމަށް ކަމާބެހޭ އެންމެހާ މުއައްޞަސާތަކަށް މި ޕާޓީ އިލްތިމާޞްކުރަމެވެ.

ރާއްޖޭގެ ރައްޔިތުންގެ އެންމެ އިތުބާރާއި ، ތާޢީދު ލިބިފައިވާ ސިޔާސީ ހަތަރުލީޑަރުން ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މުސްތަޤުބަލަަށްޓަކައި، ފައްޓަވާފައިވާ ސިޔާސީ މަސައްކަތްތައް ހުއްޓުވުމުގެ ބޭނުމުގައި ސަރުކާރުގެ ނުފޫޒާއި ބާރުން ކުރަމުންދާ މިފަދަ ނޭދެވޭ ކަންކަމާމެދު މި ޕާޓީން ނުހަނު ކަންބޮޑުވަމެވެ.

                              21 އޭޕްރީލް 2017

 

 
yesiten