Jumhooree party

ޖުމްހޫރީ ޕާޓީ

 

ތޫނުއެއްޗަކުން ޙަމަލާދީ ވަރަށް އަނިޔާވެރި ގޮތަކަށް ބަޔަކުމީހުން ގަސްތުގައި މަރާލާފައިވާ ޔާމީން ރަޝީދު އަށް ދިން ޙަމަލާ ކުށްވެރި ކުރުން.

ނަންބަރު :   JP-NB/2017/04/010

 

ނޫސްބަޔާން

ތޫނުއެއްޗަކުން ޙަމަލާދީ ވަރަށް އަނިޔާވެރި ގޮތަކަށް ބަޔަކުމީހުން ގަސްތުގައި މަރާލާފައިވާ ޔާމީން ރަޝީދު އަށް ދިން ޙަމަލާ ކުށްވެރި ކުރުން.

 

ރޭގެ ދަންވަރުގެ ވަގުތެއްގައި، ސޯޝަލްމީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު އަށް ބަޔަކު ގަސްދުގައި ޙަމަލާދީ ތޫނު އެއްޗަކުން ޒަޚަމްކޮށްލާ މަރާލާފައި ވަނީ ވަރަށް އަނިޔާވެރިކަމާއި، އިންސާނީ ކަރާމާތް ގެއްލިދާ ގޮތަށެވެ.

މާލޭގެ ގެދޮރުގެ އަމާންކަންވެސް މިވަނީ ރައްޔިތުންނަށް ބިރުވެރި ހާލަތަކަށް ބަދަލުވެފައެވެ.

ދިވެހިން އެމީހުންގެ އަމިއްލަ ވަޠަނުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ޔަޤީންކަން ގެއްލި ލޯބިވާ އާއިލާއާއި، ދަރިން އަދި އެއްވެސް ކުށެއް ނެތް މަޢުޞޫމު ފަރާތްތަކަށް ޤަސްދުގައި މިފަދަ ޙަމަލާތަށްދީ އަނިޔާވެރި މިފަދަ ޢަމަލުތަށް ކުރާފަރާތްތައް އިންޞާފުގެ ކުރިމައްޗައް ނުގެނެވޭ ކަމީ، މިއަދު މުޖުތަމަޢުގެ ކަންބޮޑުވުން އިންތިޙާއަށް އޮތްކަމެއް ކަމުގައި ދެކެމެވެ.

ޚިޔާލު ފާޅުކޮށް، މިނިވަންކަމާއެކު ބަސްބުނުމަކީ މިއަދު ބަޔަކަށް އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވުމަކީ، އެކަކު އަނެކަކާ މެދު ނަފްރަތު އުފެދި އެނަފްރަތު މިފަދަ ބިރުވެރި ކަމަކަށް ބަދަލުވެ އަނިޔާވެރި ޤަތުލުކުރުމަކަށް ވުމަކީ ނުހަނު ހިތާމަކުރާކަމެކެވެ.

އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި މިފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް، މި ޢަމަލު ހިންގި ޤާތިލުން އިންޞާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރުމަށް ކަމާބެހޭ ދަޢުލަތުގެ އެންމެހާ މުއަޢްޞަސާ ތަކަށް މި ޕާޓީން އިލްތިމާޞް ކުރަމެވެ.

23 އޭޕްރީލް 2017

 

 
yesiten