Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހެޅުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕެޓިޝަންގައި ސޮއި ކުރުން.

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބުލް ޤާސިމް އިބްރާޙީމް އަކީ  މުޅި ރައްޖޭގެ ރައްޔިތުންގެ ލޯތްބާއި ތާޢީދު ހޯއްދަވައި، އަދި އެމަނިކުފާނުގެ މަދަދާއި އެހީތެރިކަމުގައި ރާއްޖޭގެ އެތަކެއް ރައްޔިތުންނަށް ތަފާތު އެތަކެއް ދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއްކަމަށާއި،

އޮނަރަބުލް ޤާސިމް އިބްރާޙީމް އަކީ ޤައުމީ ކޮންމެ ކަމެއްގައި، އެމަނިކުފާނަށް ލިބިދާނެ ގެއްލުމަކަށް އަދި އުފުއްލަވަން ޖެހިވަޑައިގެންފާނެ ބުރައަކަށް ބެއްލެވުމެއްނެތި ޤައުމާއި ރައްޔިތުންގެ ލާބަޔާއި، މަންފާއަށްޓަކައި އެވަގުތަކަށް ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްގައި ފަސްޖެހުމެއްނެތި ކުރިއަށް ވަޑައިގެން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއްކަމަށާއި،

އޮނަރަބުލް ޤާސިމް އިބްރާޙީމް އަކީ ތާފާތު އެކި ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރެއްވުމުގެ އިތުރުން، ރާއްޖޭގެ ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކުރައްވައިގެން ދިވެހީންނަށް ގިނަގުނަ ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ، މަތީތަޢުލީމްގެ ފުރުޞަތުތައް ތަނަވަސްކޮށްދީ، ދިވެހީންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް، އަދި ދިވެހިންނަށް ހެޔޮގޮތްތަކެއް ހޯއްދަވައިދެއްވުމުގެ މަތިވެރި މަސައްކަތްތަކުގައި ދެވަނެއެއް ނުވާފަދަ ނަމޫނާ ސަހުސިއްޔަތެއްކަމަށް ވެސް އެ ޕެޓިޝަން ގައިވަނީ ފާހަގަކުރައްވާފައެވެ.

ދިވެހރާއްޖޭގެ ޑިމޮކުރަސީއަށްޓަކައި، އެމަނިކުފާނުގެ އެކުވެރީންނާއި އެކު ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތަކުން ހޯދައިދިން ޒަމާނީ ޑިމޮކުރަސީގެ ފޮނިމީރުކަން މިއަދު ރައްޔިތުންގެ އަތުން ބީވެގެންދާ ދިއުމަކީ، ދިވެހީންނަށް ލިބެމުންދާ ވަރަށްބޮޑު ނިކަމެތިކަމެއް ކަމަށްވެފައި،  2008 ވަނަ އަހަރު ޤާނޫނޫއަސާސީ އިސްލާހުކުރުމުގެ އިސް މޭސްތިރިއެއްގެ ގޮތުން  ނުހަނު ބުރަ އަދި އެހާންމެ އުނދަގޫ މަސައްކަތްތައް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަމުގައި ކުރައްވައި، އެމަސައްކަތް ފުރިހަމަކޮށް ރައްޔިތުންނަށް ހާޞިލް ކޮށްދިން ކަމަށާއި،

ސިޔާސީ ޚިޔާލު ތަފާތުވުންތަކާއި މަލްޓިޕާޓީ ޑިމޮކުރަސީއެއްގައި ސަރުކާރު ޒިންމާދާރުކުރުވަން ކުރާ މަސައްކަތްތަކުގެ ސަބަބުން ތަފާތު ދުއްތުރާތަކާއި ދަތިކުރުންތައް ސަރުކާރުން ކުރިމަތިކުރުވަމުންގޮސް އެންމެފަހުން އެއްވެސް އަސްލެއްނެތް މައްސަލަތަކެއް އުފަންކޮށް، އެމަނިކުފާނު އަދާކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަސްޢޫލިއްޔަތު ތަކުންވެސް އެއްކިބާކޮށް، ޤާނޫނުއާއި ޤަވާޢިދާއި ޚިލާފަށް ޖަލުގައި ހައްޔަރުކޮށްފައި ވަނީ  އެމަނިކުފާނުގެ ޙައްޤުތައްވެސް ގެއްލިދާގޮތަށް ކަމަށް ވެސް އެ ޕެޓީޝަންގައި ވަނީ ފާހަގަކުރައްވާފައެވެ.

އެ ޕެޓިޝަން ނިންމާލަމުން  އޮނަރަބުލް ޤާސިމް އިބްރާޙީމް އާއިމެދު ސަރުކާރުން ޢަމަލުކުރަމުންދަނީ އިންސާފުވެރިކޮށް ނޫންކަމަށްވާތީއާއި އަދި އެމަނިކުފާނާއިމެދު ސަރުކާރުން އަޅުއްވަމުން ގެންދަވާ ތަފާތުފިޔަވަޅުތަކަކީ ޤައުމުގެ މިފަދަ ޚިދުމަތްތެރިއަކަށް އަމަލުކުރެވިގެންވާނޭ ގޮތެއްކަމުގައި ނުދެކޭތީއާއި،  އެކަމާމެދު ހިތްހަމަނުޖެހި އިންތިހާއަށް ކަންބޮޑުވާތީވެ، އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލާ މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަންކޮމެޓީން ބައްލަވައި ދެއްވުމަށް ރާއްޖޭގެ ރައްޔިތުންގެފަރާތުން   ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫދާއިރާގެ މެންބަރު އިބްރާޙީމް ޙަސަން ހުށަހަޅާކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

Petition for Qasim Ibrahim-2

Petition page 2 )

 

 
yesiten