ނަންބަރު:JP-NB/2017/06/015
ނޫސްބަޔާން
މިއަދުން ފެށިގެން ޖުމްހޫރި ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން ހުއްޓާލުމަށް އިލެކްޝަން ކޮމިޝަންސްގެ ފާރާތުން މިޕާޓީއަށް އަންގާފައި ވާތީ އެކަމާއި ކަންބޮޑުވުން ފާޅު ކުރުން.
ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ އަކީ ރާއްޖެގައި ރަޖިސްޓްރީ ކުރެވިފައިވާ އެންމެހާ ސިޔާސީ ޕާޓީ ތަކެކޭ އެއްފަދައިން، 2008ވަނަ އަހަރު ބޭއްވި މިޕާޓީގެ ފުރަތަމަ ކޮންގްރެސް އިން ފާސް ކޮށް، އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރެވިގެން މިއަދާއި ހަމަޔަށް ޕާޓީގެ އެންމެހާ ކަންކަމުގައި ބޭނުން ކުރަމުން އަންނަ ޕާޓީގެ މުހިންމު ފިކުރީ މުދަލެކެވެ. ހަމަ އެހެންމެ، 2008 ވަނަ އަހަރުން ފެށިގެން މިރާއްޖޭގައި ބޭއްވުނު ހުރިހާ އިންތިޙާބް ތަކެއްގައި މިޕާޓީން ބައިވެރިވެ ކެމްޕެއިން ކޮށްފައިވާނީ މި ދިދަ އާއި ލޯގޯ ބޭނުން ކޮށްގެންކަން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އޮޅުމެއްނެތި އެގިވަޑައިގަންނަވާނެއެވެ. ނަމަވެސް މިޕާޓީގެ ޤަވާއިދު ތަކާއި އުސޫލްތަކަށް ބެލުމެއްނެތި އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ނުކުރުމަށް އަންގަވާފައިއެވެ. އެހެންކަމުން އެއްވެސް ފަރާތަކުން ޕާޓީން ވަކިގޮތަކަށް އަންގަވަންދެން މިޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރުމަށް ދަންނަވަމެވެ. ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަންސްގެ މިއެންގުމާއި މެދު އިންތިހާއަށް ކަންބޮޑުވެއެވެ. މިމައްސަލަ ހައްލު ކުރުމަށްޓަކައި، މިމައްސަލަ ކޯޓަށް ހުށައަޅައިގެން ގޮތެއް ނިންމުމަށް މިޕާޓީގެ ޤައުމީ ހިންގާ ކޮމެޓީގެ 99 ވަނަ ބައްދަލުވުމުން މިރޭ ވަނީ ފާސްކޮށްފައެވެ.
4 ޖޫން 2017