Jumhooree party

ޖުމްހޫރީ ޕާޓީ

 

ސްޓޭޓް ޓްރޭނިންގ އޮގަނައިޒޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ކުރީގެ ޑިފެންސް މިނިސްޓަރ، ކާނަލް (ރިޓަޔާޑް ) މުޙައްމަދު ނާޒިމްގެ ކޮއްކޮ އަލްފާޟިލް އާދަމް އާޒިމް ވަރަށް ކުއްލި ގޮތެއްގައި ފުލުހުން ހައްޔަރުކުރުން

ޖުމްހޫރީ ޕާޓީ

 މާލެ/ދިވެހިރާއްޖެ

 

ނަންބަރު :   JP-NB/2017/06/016

 

ނޫސްބަޔާން

ސްޓޭޓް ޓްރޭނިންގ އޮގަނައިޒޭޝަންގެ  ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ކުރީގެ ޑިފެންސް މިނިސްޓަރ، ކާނަލް (ރިޓަޔާޑް ) މުޙައްމަދު ނާޒިމްގެ ކޮއްކޮ އަލްފާޟިލް އާދަމް އާޒިމް  ވަރަށް ކުއްލި ގޮތެއްގައި ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން  ޖުމްހޫރީޕާޓީން  އެކަމާއި ކަންބޮޑުވުން ފާޅުކުރަމެވެ.

އާދަމް އާޒިމް ހައްޔަރު ކުރީ އޭނާ ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތްތަކާއި އަދި ކާނަލް މުޙައްމަދު ނާޒިމް މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތް ތަކަށް ހުރަސްއަޅައި، ސިޔާސީ ޕާޓީތަކާ ގުޅިގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތްތަށް ހުއްޓުވުމުގެ ގޮތުން ކަމަށް ޖުމްހޫރީޕާޓީން ދެކެމެވެ.

8 ޖޫން 2017

 

 
yesiten