Jumhooree party

ޖުމްހޫރީ ޕާޓީ

 

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރުކުރުމާއި ގުޅިގެން ނެރޭ ނޫސްބަޔާން

ޖުމްހޫރީ ޕާޓީ

މާލެ، ދިވެހިރާއްޖެ

 

      NB -2017-07-018 ނަންބަރު: 

               ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ހަމަޖެހިފައި ވަނިކޮށް ކުއްލި ގޮތަކަށް މިއަދު ދިއްގަރުދާއިރާގެ ޢިއްޒަތްތެރި މެމްބަރ އޮނަރަބަލް އަޙުމަދު ފާރިސް މައުމޫން، ފުލުހުން ހައްޔަރުކުރި ކުރުމާމެދު މިޕާޓީއިން ކަންބޮޑުވުން ފާޅުކުރަމެވެ.

އޮނަރަބަލް އަޙުމަދު ފާރިސް މައުމޫން ހައްޔަރު ކޮށްފައިވަނީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތްތަކަށް ހުރަސްއަޅައި، ސިޔާސީ ޕާޓީތަކާއި ގުޅިގެން މިޤައުމުގެ ކަންކަން އިޞްލާޙު ކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތްތަށް ހުއްޓުވުމުގެ ގޮތުން ކަމަށް ޖުމްހޫރީ ޕާޓީން ދެކެމެވެ. އަދި މި ޢަމަލަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން  މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ނަގާލުމަށާއި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ބިރުދެއްކުމަށް ހިންގާފައިވާ ފިނޑި އަމަލެއްކަމަށް ޤަބޫލު ކުރަމެވެ. އެހެންކަމުން ވަޤުތުން އޮނަރަބަލް އަޙުމަދު ފާރިސް މައުމޫން ދޫކޮށް، މިނިވަންކުރުމަށް ސަރުކާރަށް ގޮވާލަމެވެ.

                2017/7/18 މ.

 

 
yesiten