Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ގާސިމް އިބްރާހިމްގެ ބޭސް ފަރުވާ ނުނިމެނީސް އެނބުރި މާލެ ވަޑައިގަތުމަށް އެންގުމާއި ގުޅިގެން ނެރޭ ނޫސް ބަޔާން

ޖުމްހޫރީ ޕާޓީ

  މާލެ، ދިވެހިރާއްޖެ

ނަންބަރު:JP-NB/2017/09/022

ނޫސް ބަޔާން

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ގާސިމް އިބްރާހިމްގެ ބޭސް ފަރުވާ ނުނިމެނީސް އެނބުރި މާލެ ވަޑައިގަތުމަށް އެންގުމާއި ގުޅިގެން ނެރޭ ނޫސް ބަޔާން

 ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ގާސިމް އިބްރާހިމް ވަރަށް ބޮޑަށް އާލާސްކަންފުޅުގައި ވަނިކޮށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން، ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުން ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށްފަހު ދާދި ފަހުން އެމަނިކުފާނުވަނީ ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައެވެ.

އެމަނިކުފާނުގެ  ބޭސްފަރުވާއަށް ސިންގަޕޫރަށް ދަތުރު ކުރެއްވުމަށް ދެއްވާފައިވާ ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތަކީ ބޭސްފަރުވާއަށް  އެކަށީގެންވާ މުއްދަތަކަށް ނުވުމުގެ ސަބަބުން، ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ އަދި މުއްދަތަށް ވަނީ 10 ދުވަސް އިތުރުކޮށް ދެއްވާފައިއެވެ. މިގޮތުން ޖުމްލަ 20 ދުވަހުގެ މުއްދަތު ވަނީ 26 ސެޕްޓެމްބަރ 2017 ހަމައަށް ދެއްވާފައިއެވެ. އަދި އެމަނިކުފާނަށް ދެއްވަމުން ގެންދަވާ ފަރުވާ ފުރިހަމަ ކުރުމަށް އިތުރު މުއްދަތު ބޭނުންފުޅު ވާކަމަށް ބަޔާންކޮށް ޑޮކްޓަރުން ދެއްވާފައިވާ ލިޔުންތައް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުމުންވެސް، ފަރުވާ ފުރިހަމަ ކުރުމަށް ބޭނުންވާ އެކަށީގެންވާ މުއްދަތައް ފުރުޞަތު އިތުރު ކޮށްދެއްވާފައި ނުވެއެވެ.

 އެހެންކަމުން 25 ސެޕްޓެމްބަރ 2017 ވަނަ ދުވަހު އެބުރި މާލެ ވަޑައިގަތުމަށް ސިންގަޕޯރ އެއަރލައިން ޓިކެޓް ކޮންފޯމްކޮށް ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުން އެއަރލައިން އިންވަނީ އެމަނިކުފާނުގެ ޞިއްހީ ހާލަތަށް ބައްލަވާ ފުރާވަޑައި ނުގެންނެވޭނެ ކަމަށް އަންގަވާފައެވެ. މިކަންކަން ކަރެކްޝަނަލް ސަރވިސްއަށް އެންގުމުން ވެސް މިހާތަނަށް ފުރުޞަތު ދެއްވާފައި ނުވާތީ މިހާރު ވަނީ ކޯޓްގެ އަމުރާއި އެއްގޮތަށް ފަރުވާ ފުރިހަމަ ކުރެއްވޭނެ ގޮތް ނުވެފައެވެ.

 އެހެންކަމުން  ކުރިމިނަލް ކޯޓްގެ ހުކުމާއި އެއްގޮތަށް އޮނަބުލް ޤާސިމް އިބްރާހީމް ބޭސް ފަރުވާ ފުރިމަކުރުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ހަމަޖައްސަވަން ޖެހޭ އެންމެހާ ކަންކަން ހަމަޖައްސަވައި ދެއްވުމަށް މިޕާޓީން އިލްތިމާސް ކުރަމެވެ.

25 ސެޕްޓެމްބަރ 2017

 

 
yesiten