Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލުން

: JP-IL/2017/9/001

 

އިޢުލާން

ޖުމްހޫރީ ޕާޓީގެ އަޞާސީ ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލުން

 

ޖުމްހޫރީ ޕާޓީގެ އަކީ ދިވެހި ޤައުމާއި، ދިވެހި އެންމެހާ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތުގައި ހިންގާ ރައްޔިތުންގެ އިހުސާސްތަކާއި، ހައްގުތައް ހިމާޔަތްކޮށްދީ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާނެ ޕާޓީއަކަށް މިހާރަށްވުރެ ބޮޑަށް ހެދުމަށާއި، ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ ޖިންސެއްގެ ، ހުރިހާ ފަންތިއެއްގެ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުޞަތު ލިބިދޭނެ ޕާޓީއަކަށް ހެދުމަށްޓަކައި، ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރަމުގެ މަސައްކަތް މިވަގުތު ކުރަމުން ދާއިރު ޕާޓީގެ މެންބަރުންނަށާއި، ހެޔޮއެދޭ ދިވެހި އެންމެހާ ރައްޔިތުންނަށް، މިގަވައިދަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަދު މިއަދުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި 14 ދުވަހުގެ މުއްދަތައް ހުޅުވާލައިފި ކަމުގައި ދަންނަވަމެވެ.

ވީމާ، ޖުމްހޫރީޕާޓީގެ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކުންadmin@jumhooreeparty.org.mv  އީމެއިލް ކުރެއްވުމަށް ނުވަތަ އޮފީހުގެ ނަންބަރު 3010018 ފެކްސްއަށް ފެކްސް ކުރެއްވުމުން ދަންނަވަމެވެ. ޕާޓީގެ މިހާރު ބޭނުންކުރަމުންދާ ޤަވާއިދު ޕާޓީގެ ވެބްސައިޓް www.jumhooreeparty.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މައުލޫމާތު އޮޅުންފިލުވުމަށް، ބޭނުންފުޅުވާނަމަ ޕާޓީ އޮފީހުގެ ނަންބަރު 3014999 ނަންބަރު ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

                              30 ސެޕްޓެމްބަރ 2017

މިހާރު ޢަމަލުކުރަމުންދާ އަސާސީ ޤަވާއިދު ޑައުންލޯޑް ކުރެއްވުމަށް 

 

 
yesiten