Jumhooree party

ޖުމްހޫރީ ޕާޓީ

 

ޤާނޫނުއަސާސީއާއި ޤާނޫނާއި ޚިލާފަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން ހައްޔަރުކުރުމާ ގުޅިގެން އެކަން ކުއްވެރިކޮށް ވަޤުތުން މިނިވަންކުރުމަށް ގޮވާލުން ކު

ޖުމްހޫރީ ޕާޓީ

މާލެ،

                                      ނަންބަރު:JP-NB/2018/02/002

 

                           ނޫސްބަޔާން

ޤާނޫނުއަސާސީއާއި ޤާނޫނާއި ޚިލާފަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން ހައްޔަރުކުރުމާ ގުޅިގެން އެކަން ކުއްވެރިކޮށް ވަޤުތުން މިނިވަންކުރުމަށް ގޮވާލުން

ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން ރޭގެ ވަޤުތެއްގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ރައީސް ޔާމީންގެ އަމުރަށް ޤާނޫނުއަސާސީއާ ޤާނޫނުތަކާ ޚިލާފަށް އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ދޮރު ވައްޓާލައި އެ މަނިކުފާނުގެ ގެކޮޅަށް ވަދެވަޑައިގެން އެ މަނިކުފާނު ހައްޔަރުކުރައްވައިވަނީ އެއްވެސް އިޚްތިރާމެއް އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަމުގެ ޤާނޫނާވެސް ޚިލާފަށް ކަންވެސް މިޕާޓީން ފާހަގަކުރަމެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނާމެދު ބަހައްޓަވަންޖެހޭ އިޚްތިރާމާއި ޤަދަރަށް އެއްވެސް ބެލުމެއްނެތި އަދި އެމަނިކުފާނުގެ ހިމާޔަތާއި ރައްކާތެރިކަން ބަލަހައްޓަންޖެހޭ ދިވެހިރާއްޖޭގެ ޑިފެންސް ފޯސްއިން އެމަނިކުފާނުގެ ހިމާޔަތާއި ރައްކާތެރިކަން ބެލެހެއްޓުމެއް ނެތި އެސް.އޯ ފުލުހުންގެ ބަޔަކުގެ ބެލުމުގެ ދަށަށް އެމަނިކުފާނު ދޫކޮށްލުމަކީ އިސްވެ ދެންނެވި ޤާނޫނުން ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަން ލިބިނުދިނުންކަމުގައިވެސް މިޕާޓީން ދެކެމެވެ.

ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ގެއްލި ގޮސް ރައްޔިތުން މިނިވަންކަމާއެކު ދިރިއުޅުމަށް ދަތިވާ މިންވަރަށް ސަރުކާރުގެ ޢަމަލުތައް ހައްދު ފަހަނައަޅައި ގޮސް އަދި ސަލާމަތީ ޚިދުމަތްތަކުން ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބެލުމެއްނެތި ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވެ މީސްމީހުންގެ ގޯތި ގެދޮރަށް ޙުރުމަތްތެރިކަމެއް ނުހިތައި އިންސާނީ  ކަރާމާތް ގެއްލޭ ގޮތަށް ޢަމަލުކުރައްވަމުން ދިއުމަކީ އެއްވެސް ރައްޔިތަކު ޤަބޫލުކުރާނެ އަދި ބަލައިގަންނާނެ ކަމެއް ނޫނެވެ.

ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ ބުރަ މަސައްކަތުން ގެނައި މި ވެރިކަން ގެނެސްފައިވަނީ ދިވެހި ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައިދީ ރާއްޖެ ކުރިއަރުވައި އިޤްތިޞާދީ ކުރިއެރުންތަކާއި މިނިވަންކަމާއި އަސާސީ ޙައްޤުތައް ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން އެންމެހައި ދިވެހިރައްޔިތުންނަށްދީ އެކަމުގެ އުފާވެރިކަން ރައްޔިތުންނަށް ޤަބޫލުކުރެވި ރައީސް މައުމޫނަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމަށް ތާއީދުކުރެއްވި ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުންނެވެ.

ރައީސް މައުމޫން އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން ހައްޔަރުކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އަދި އާންމު އުސޫލުތަކާއިވެސް ޚިލާފަށް ކަމަށްވާތީ، އެމަނިކުފާނު މިހިނދުން މިހިނދަށް ވަގުތުން މިނިވަންކުރުމަށް ޖުމްހޫރީ ޕާޓީން ކަމާގުޅޭ ދައުލަތުގެ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

            06 ފެބްރުއަރީ 2018

 

 
yesiten