Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ޤާސިމް ވަގުތުން މިނިވަންކުރުމަށް ގޮވާލުން

ޖުމްހޫރީ ޕާޓީ

މާލެ،

                                      ނަންބަރު:JP-NB/2018/02/004

 

                           ނޫސްބަޔާން

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ޤާސިމް ވަގުތުން މިނިވަންކުރުމަށް ގޮވާލުން

 

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ސިޔާދު ޤާސިމް މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުން ބަލަމުންދާ މައްސަލައެއްގައި ކަމަށް ބުނެ ހައްޔަރުކުރުމަކީ ސިޔާސީ ގޮތުން ކުރައްވާފައިވާ ހައްޔަރެއްކަމުގައި މި ޕާޓީން ދެކެމެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުން ކުރައްވަމުން ގެންދަވާ ޤައުމު އިސްލާޙްކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށްޓަކައި ރައީސް ޔާމީންގެ އަމުރަށް ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކުރައްވަމުން މިގެންދަވާ ކަންކަމަކީ ރައްޔިތުންގެ މިނިވަންކަމާއި އަސާސީ ޙައްޤުތަކަށް ބެލުމެއް ނެތި ޤާނޫނުގެ ނާޖާއިޒު ފައިދާ ނެންގެވުން ކަމުގައި ދެކެމެވެ.

އޮނަރަބަލް ޤާސިމް އިބްރާހިމްގެ ސިޔާސީ މަސައްކަތްތައް ހުއްޓުވައި އެމަނިކުފާނު ސީދާ ރައީސް ޔާމީނަށް ތާއީދުކުރުމަށް މަޖުބޫރުކުރުމުގެ ގޮތުން އެ މަނިކުފާނުގެ މުދަލާއި ވިޔަފާރިއަށް އަދި އެ މަނިކުފާނުގެ އާއިލާއަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދުއްތުރާތަކާއި ޤާނޫނާއި ޚިލާފު ޢަމަލުތައް ވަޤުތުން ހުއްޓާލައި އިބްރާހިމް ސިޔާދު ޤާސިމް ވަޤުތުން މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން އިލްތިމާސްކުރަމެވެ.

            06 ފެބްރުއަރީ 2018

 

 
yesiten