Jumhooree party

ޖުމްހޫރީ ޕާޓީ

 

ސުލްހަވެރި އެއްވުން ރޫޅާލުމުގެ ނަމުގައި ނޫސްވެރިންނަށާއި އާއްމުރައްޔިތުންނަށް ޔާމީންގެ ސަރުކާރުން އަނިޔާކުރިކުރުން ކުއްވެރިކުރުން

            ނަންބަރު:JP-NB/2018/02/006

      ނޫސްބަޔާން

ސުލްހަވެރި އެއްވުން ރޫޅާލުމުގެ ނަމުގައި ނޫސްވެރިންނަށާއި އާއްމުރައްޔިތުންނަށް ޔާމީންގެ ސަރުކާރުން އަނިޔާކުރިކުރުން ކުއްވެރިކުރުން

ސުޕުރީމްކޯޓުގެ އަމުރު ތަންފިޒުކުރުމަށާއި، ގާނޫނު އަސާސީއަށް ރުޖޫއަވުމަށް ގޮވާލާ މާލޭގައި ބޭއްވި ސުލްހަވެރި އެއްވުން ރޫޅާލުމަށް ޤާނޫނާއި ޚިލާފަށް، ރައީސްޔާމީންގެ ސަރުކާރުން އަނިޔާވެރިކަން އިސްކޮށްފައިވާތީ ޖުމުހޫރީ ޕާޓީގެ ފަރާތުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށްފައިވާ ދިވެހި ކުޅަދާނަ ހިތްވަރުގަދަ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް މި ޕާޓީން ގޮވާލަމެވެ.

ވަކިން ޚާއްސަކޮށް ސުލްހަވެރި އެއްވުން ކަވަރުކުރުމުގައި ޙަރަކާތްތެރިވަމުން ގެންދެވި ހިއްވަރުގަދަ ނޫސްވެރިންނާއި ދޭތެރޭގައި ޔާމީންގެ ސަރުކާރުން ޢަމަލުކުރި އަނިޔާވެރިގޮތަކީ މުޅިދިވެހި މުޖުތަމައަށް ސިހުން އަންނަ ވަރުގެ ކަމެކެވެ. ސީދާ ނޫސްވެރިންނަށް އަމާޒުކޮށްގެން ޔާމީންގެ ސަރުކާރުން ހަމަލާދިނުމަކީ ތަކުރާރުކޮށް ފެންނަމުންދާސިފައެކެވެ. މީގެ އިތުރުން ސުލްހަވެރި އެއްވުމުގައި ބައިވެރިވި ޑިމޮކްރަސީއަށް ލޯބިކުރާ ދިވެހިރައްޔިތުންގެ ތެރެއިން އެތައްބަޔަކަށް އަނިޔާކޮށްފައިވާކަމީ ޔާމީންގެ ސަރުކާރުގެ ރަހުމްކުޑަކަމާއި ދިވެހިރައްޔިތުނައް އެއްވެސް ޤަދަރެއް އިޙްތުރާމެއް ނުކުރާކަމުގެހެއްކެކެވެ.

ގާނޫނުއަސާސީއާއި ޤާނޫނާއި ޚިލާފަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓް ފަނޑިޔާރުން ހިފާހައްޔަރުކޮށް ދެމުންގެންދާއަނިޔާތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިފާހައްޔަރުކޮށް އެކިތުހުމަތުތަކުގައި ދެމުންގެންދާ ހައްޤުނޫން އަނިޔާތަކާއި، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްގައްޔޫމަށާއި އެމަނިކުފާނުގެ އާއިލާއަށް ދެމުންގެންދާ ހައްގުނޫން އަނިޔާތަކާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ޖުމުހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ޤާސިމް އިބްރާހިމާއި، އެމަނިކުފާނުގެ އާއިލާއަށާއި، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމްގެ އިތުރުންވެސް އެތައްބަޔަކަށް ޔާމީންގެ ސަރުކާރުން ދެމުންގެންދާ ހައްޤުނޫން އަނިޔާތަކާއި ގޯނާއާއި ދެކޮޅަށް އަޑުއުފުލުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ އަދި ދީނީ ވާޖިބެއްގެ ގޮތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކުދެކެއެވެ. ވަކީން ޚާއްސަކޮށް ޔާމީންގެ ސަރުކާރުގެ ކަރަޕްޝަނާއި ވައްކަން އިންތިހާއަށް އިތުރުވެ، ރައީސުލްޖުމުހޫރިއްޔާ ދިރިއުޅުއްވާގެއަށް ޙަލާލު ނޫންފައިސާ، ގޯނިގޯނީގައި ވަންނަކަމަށް ޚުދު އެމަނިކުފާނު ވިދާޅުވުމުން، ދިވެހިރައްޔިތުން ޓެކްސްފައިސާގެ ގޮތުގައި ސަރުކާރާއި ހަވާލުކުރާ ފައިސާއަށް ރައީސްޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން އަމާނާތްތެރި ނުވާކަން ކަނޑައެޅިގެން އެނގިހާމަވެގެންދެއެވެ. މިކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްހުރި ދައުލަތުގެ އިދާރާތަކަށް ނުފޫޒުފޯރުވައި ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ހުރަސްއަޅުމުގެ ބޭނުމުގައި ބިރުދެއްކުމާއި އަނިޔާވެރިކަން މިވަނީ އާއްމުކޮށްފައެވެ. ރައީސް ޔާމީން ފަދަ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ޙައްގުބަސްބުނުމުގައި ދިވެހިރައްޔިތުން ދައްކަވާ ސާބިތުކަމަށް ޖުމުހޫރިޕާޓީއިން އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. ތައުރީފާއި ސަނާ ކުރުނީސްކުރަމެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކުޑައިޝާރާތަކަށް، 16 ފެބްރުއަރީ 2018 ވަނަ ދުވަހު ރާއްޖޭގެ އެކިކަންކޮޅުތަކުން ފާޅުކުރެއްވި ޝުއޫރުތަކުން ދޭހަކޮށްދެނީ ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރާއިމެދު ރައްޔިތުންގެ ނުރުހުމާއި ރުޅިވެރިކަން ގޮސްފައިވާ ހިސާބެވެ. އަދި ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށާއި ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް ރައްތިތުން ކެތްމަދުވެފައިތިބި މިންވަރެވެ.

                     17 ފެބްރުއަރީ 2018

 

 
yesiten