Jumhooree party

ޖުމްހޫރީ ޕާޓީ

 

ހާއްސައެހީއަށް ބޭނުންވާ މީހުންގެ ކައުންސިލުން ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލުން

ނަންބަރު :JP-IL/2018/2/006

 

އިޢުލާން

 

ހާއްސައެހީއަށް ބޭނުންވާ މީހުންގެ ކައުންސިލުން ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލުން.

 

ހާއްސައެހީއަށް ބޭނުންވާ މީހުންގެ ކައުންސިލުން ހުސްވެފައިވާ ތިރީގައިވާ މަޤާމްތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދު 21 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުން ފެށިގެން ހުޅުވާލައިފީމެވެ.

1-      ހާއްސައެހީއަށް ބޭނުންވާ މީހުންގެ ކައުންސިލުގެ މެންބަރުކަން      މަޤާމްގެ ޢަދަދު 2 (ދޭއް)

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ މިޕާޓީގެ މެންބަރުން 1 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 03:00 ގެކުރިން އެމީހެއްގެ ވަނަވަރާއި (ސީވީ) ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް މިޕާޓީގެ އިދާރާ (މ.ކުނޫޒް) ނުވަތަ admin@jumhooreeparty.org.mv އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޕާޓީ އޮފީހުގެ ނަންބަރު 3014999 ނަންބަރު ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

21 ފެބްރުއަރީ 2018

 

 
yesiten