Jumhooree party

ޖުމްހޫރީ ޕާޓީ

 

ފެބްރުއަރީ 22 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތުގައި ޖޭޕީ އޮފީސް މ. ކުނޫޒަށް ޤާނޫނާ ޚލާފަށް، އެސްއޯފުލުހުން ވަދެ ހިންގާފައިވާ އިންސާނިއްޔަތާއޚިލާފު ޢަމަލުތައް ކުއްވެރިކުރުން

ފެބުރުއަރީ 22 ވަނަ ދުވަހުގެރޭ ދަންވަރުގެ ހަމަހިމޭން ވަގުތުގައި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒް ގެ އިމާރާތަށް އެސް އޯ ފުލުހުންގެ ބަޔަކު ޤާނޫނާ ޚިލާފަށް ވަދެ ތަނުގެ އެތެރޭގައި ތިބި ދިވެހި ރައްޔިތުންގެ އެތަކެއް ބަޔަކާމެދު ހިންގި އަނިޔާވެރި ޢަމަލު ކުއްވެރިކޮށް އެ މައްސަލަ ބަލައި ތަހްޤީގުކޮށް ދިނުމަށް އެދި ޖުމްހޫރީ ޕާޓީގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި.

ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ރައީސް ޔާމީން އާއި ސަރުކާރުން ތަކުރާރުކޮށް ޚިލާފުވަމުން ދިއުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި، މިނިވަންކަން ނިގުޅައިގަންނަމުންދާ ދިއުމާ އަދި ކޮރަޕްޝަނާއި ފަސާދައިން މުޅި ސަރުކާރާއި ރައީސް ޔާމީން ކުރަމުން ގެންދާ ޤާނޫނާ ޚިލާފު ޢަމަލުތަކާއި އެތައް ރައްޔިތުންނެއް ނުޙައްގުން ހައްޔަރުކޮށް ސިޔާސީ ލީޑަރުން ޖަލަށްލައި ހިންގަމުން މިގެންދާ ޖަރީމާތަކާމެދު ރައްޔިތުން ހިތްހަމަނުޖެހިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ އިހްތިޖާޖުތަކުގެ ތެރެއިން މާލޭގައި 22 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެސް.އޯ ފުލުހުން އެއްވެސް ބެލުމެއް އުޞޫލެއް ހަމައެއްނެތި، ޖުމްހޫރީ ޕާޓީގެ އޮފީސް މާފަންނު ކުނޫޒުތެރެއަށް އެއްވެސް ހުއްދައެއް ހޯދުމަކާނުލައި ވަދެ ތަނުގެ އެތެރޭގައި ތިބި އެތަކެއް ރައްޔިތުންނަށް ޤަސްތުގައި އަނިޔާދިނުމުގެ މަޤްޞަދުގައި އެމީހުން ހިފަހައްޓައި އެމީހުންގެ މޫނަށާއި ލޮލަށް އަމާޒުކޮށް ފޫޓަކަށްވުރެވެސް ކައިރިން ޕެޕަރސްޕްރޭ ޖަހައި އަނިޔާވެރިކޮށް ބައެއް މީހުން ތަނުގެ ތެރެއިން ބޭރުކޮށް ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު މި ޢަމަލުތައް ތިޔަ ކޮމިޝަނުން ބައްލަވައިދިނުމަށް އެދި ހުށަހަޅަމެވެ.

ހަމަ އެރޭ މ. ކުނޫޒުގެ ތެރެއަށް ހުއްދަހޯދުމެއްނެތި ޤާނޫނާ ޚިލާފަށް ވަދެ ބައެއް ފުލުހުން ހިންގާފައިވާ މި ޖަރީމާގެ ތެރެއިން މ. ގޯނބިލިގަސްދޮށުގެ އަބްދުއްﷲ ސަލީމްގެ މޫނަށާއި އަނގަޔަށާއި ލޮލަށް ގިނަ އަދަދަކަށް ޕެޕަރސްޕްރޭ ޖެހުމުގެ ސަބަބުން އޭނާ ފިޓްޖެހި ހޭނެތުމުންވެސް އޭނާއަށް އެހީތެރިނުވެ، ފުލުހުން އޭނާ ދޫކޮށްލާފައި ދިޔައިރު، ތަނުގެ ތެރޭގައި ތިބި އެހެން މީހުންނަށްވެސް އޭނަޔަށް އެހީތެރިވެވޭނެ ޙާލަތެއްގައި ނެތް ހިނދު ފުލުހުންގެ އެހީތެރިކަން ޤަސްތުގައި ނުދިނުމަކީ މީހެއްގެ ފުރާނަޔަށް ގެއްލުން ލިބިދާނެފަދަ ޙާލަތެއްކަމަށްވެފައި އިންސާނިއްޔަތަށްޓަކައިވެސް އެހީތެރިވުމުގެ މަޤްޞަދު އެފަދަ ފުލުހުންގެ ކިބައިގައި ނެތްކަމުން މިއަދު އަބްދުﷲ ސަލީމް އެގެންދަނީ އައި.ޖީ.އެމް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފުރާނަޔާ ހަނގުރާމަކުރަމުންކަމަށްވެސް އެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފައެވެ

 

 
yesiten