Jumhooree party

ޖުމްހޫރީ ޕާޓީ

 

މިއަދު (2 މާރޗް 2018) ހަވީރު ރައްޔިތުން ކުރަމުންދާ އިހްތިޖާޖުގައި ބައިވެރިވެ ހުންނަވަނިކޮށް ޖޭޕީގެ ޑެޕިއުޓީ ލީޑަރާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިޔުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ހައްޔަރު ކުރުން ކުއްވެރިކުރުން

ނަންބަރު:JP-NB/2018/03/007

ނޫސްބަޔާން

މިއަދު 2 މާރޗް 2018 ވީ ހުކުރު ދުވަހު ހަވީރު ރައްޔިތުން ކުރަމުންދާ އިހްތިޖާޖުގައި ބައިވެރިވެ ހުންނަވަނިކޮށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އޮނަރަބަލް ޢަބްދުﷲ ރިޔާޒު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ޢަބްދުﷲ ޝާހިދު އަދި ރައްޔިޔުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އޮނަރަބަލް ޢަބްދުލް ލަތީފު މުޙައްމަދު ހައްޔަރު ކުރުމާއި ގުޅިގެން އެކަން ކުއްވެރިކޮށް ވަޤުތުން މިނިވަން ކުރުމަށް ގޮވާލުން.

ސުޕްރިމް ކޯޓުގެ 5 ފަނޑިޔާރުގެ އިއްތިފާގުން 1 ފެބްރުއަރީ 2018 ގައި ސްޕްރީމް ކޯޓުން ނިންމާފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ސުލްހަވެރި އިޙުތިޖާޖްގައި ބައިވެރި ވުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހައްޔަރު ކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ، އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ޢަބްދުﷲ ރިޔާޒު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ޢަބްދުﷲ ޝާހިދު އަދި ރައްޔިޔުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮނަރަބަލް ޢަބްދުލް ލަތީފު މުޙައްމަދު، ހައްޔަރު ކުރުން މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށް ވަގުތުން އެފަރާތްތަށް މިނިވަން ކުރުމަށް ގޮވާލަމެވެ.

ޢަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ މަތީ ފަރާތް ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޒު ކުރުމަށް ގޮވާލުމަކީ ޤާނޫނީ ކުށަކަށް ނުވާ ހިނދު، ޣައިރު ޤާނޫނީ އަމުރަށް ތަބާވެ، ފުލުހުންގެ މަދުބަޔަކު ހިންގަމުން މިދާ ޤާނޫނާއި ޚިލާފު މިފަދަ ޢަމަލުތަކުގެ ސަބަބުން ދިވެހި އެތަކެއް ރައްޔިތުންނަކަށް ނުހައްގުން އަނިޔާ ލިބެމުންދާ ދިއުން މި ޕާޓީން ކުއްވެރިކޮށް އަދި ސަރުކާރުގެ މިއަމަލުތަކަކީ ބިރު ދެއްކުމުގެ ޢަމަލުތަކެއް ކަމުގައި ވެސް މި ޕާޓީން ދެކެމެވެ.

މިއަދު ކުރަމުންދާ ސުލްހަވެރި އިހްތިޖާޖުގައި ހައްޔަރުކޮށްފައިވާ ކޮންމެ ރައްޔިތެއްވެސް ހައްޔަރުކޮށްފައި އެވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުން ލިބިދޭ ހައްގުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ސުލްހަވެރި ކަމާއެކު، ތިއްބައި އެއްވެސް އިންޒާރެއް ދިނުމެއްނެތި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ރައްޔިތުންގެ ނުރުހުމުގައި ގަޔަށްއަތްލައި ހައްޔަރުކޮށްފައިވާ އެންމެހާ ދިވެހި ރައްޔިތުން ވަގުތުން މިނިވަން ކުރުމަށާއި، އަދި ތުހުމަތުގައި ހައްޔަރުކޮށް ބަންދުގައި ބައިތިއްބާއިރު އެފަދަ ފަރާތްތަކާމެދު މިހާރަކަށް އައިސް ޢަމަލު ކުރަމުން ދަނީ އިންޞާނިއްޔަތާއި ޚިލާފަށް ކަމަށް ހައްޔަރީން ބުނަމުންދާ ބުނުމާމެދު ކަންބޮޑުވެ، އެފަދަ ޢަމަލުތައް އިސްލާހު ކުރުމަށް ވެސް ދަޢުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަކަށް މި ޕާޓީން އިލްތިމާޞް ކުރަމެވެ.

2 މާރޗް 2018

 

 
yesiten