Jumhooree party

ޖުމްހޫރީ ޕާޓީ

 

ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގައި އިންތިޚާބް ކުރުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލުން

ނަންބަރު :012JP-IL/2018/6/

 

ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގައި އިންތިޚާބް ކުރުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލުން

ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސް މިހިނގާ ޖޫންމަހުގެ 21 އިން 22 އަށް ޕެރަޑައިސް އައިލެންޑް ރިޒޯޓް އެންޑް ސްޕަރ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލުމުގެ ޝަޢުގުވެރިކަން ހުރި މިޕާޓީގެ މެންބަރުންނަށް ހުޅުވާލައިފީމެވެ.

#

އިންތިޚާބު ކުރަންޖެހޭ މަޤާމްގެ ނަން

އިންތިޚާބު ކުރަންޖެހޭ މަޤާމުގެ ޢަދަދު

1

ޕާޓީގެ ލީޑަރު

1  (އެކެއް)

2

ޕާޓީގެ ރައީސް

1  (އެކެއް)

3

ޕާޓީގެ ނައިބު ލީޑަރުން

4  (ހަތަރެއް)

4

ޕާޓީގެ ނައިބު ރައީސް

1  (އެކެއް)

5

ޒުވާނުންގެ ލީގުގެ ރައީސް

1  (އެކެއް)

6

އަންހެނުންގެ ލީގުގެ ރައީސް

1  (އެކެއް)

7

ޒުވާނުންގެ ލީގުގެ ނައިބު ރައީސް

1  (އެކެއް)

8

އަންހެނުންގެ ލީގުގެ ނައިބު ރައީސް

1  (އެކެއް)

9

ޒުވާނުންގެ ލީގުގެ ސެކްރެޓަރީ

1  (އެކެއް)

10

އަންހެނުންގެ ލީގުގެ ސެކްރެޓަރީ

1  (އެކެއް)

11

ޒުވާނުންގެ ލީގުގެ މެންބަރުން

2  (ދޭއް)

12

އަންހެނުންގެ ލީގުގެ މެންބަރުން

2  (ދޭއް)

13

ޤައުމީ ކޮންފަރެންސް އިން އިންތިޚާބު ކުރާ 15 މެންބަރުން

15 (ފަނަރަ)

                އަދި ދަންނަވަމެވެ. އިސްވެ ދަންނަވާފައިވާ މަޤާމްތަކުގެ ތެރެއިން ތިރީގައި މިދަންނަވާ މަޤާމްތަކަކީ ޕާޓީގެ 3 ވަނަ ޤައުމީ ކޮންފަރެންސްގައި ޕާޓީގެ އަސާސީ ޤަވާޢިދަށް ގެންނަ އިސްލާޙްތަކާއެކު އެޤަވާއިދު ފާސްވާއިރު  އެމަޤާމްތައް  އެގޮތުގައި ހިމެނިގެން ފާސް

ވެއްޖެނަމަ، އެމަޤާމްތަކަށް މީހުން އިންތިޚާބު ކުރުމަށް އޮތް މަޤާމްތަކެއް ކަމަށްވާތީވެ، އެކަން އެގޮތަށް ޤަބޫލުކޮށް އެމަޤާމްތަކަށް ކުރިމަތި ލެއްވުމަށް ވެސް ދަންނަވަމެވެ.

#

އިންތިޚާބު ކުރަންޖެހޭ މަޤާމްގެ ނަން

އިންތިޚާބު ކުރަންޖެހޭ މަޤާމުގެ ޢަދަދު

1

ޕާޓީގެ ރައީސް

     1 (އެކެއް)

2

ޕާޓީގެ ނައިބު ރައީސް

     1 (އެކެއް)

3

ޒުވާނުންގެ ލީގުގެ ސެކްރެޓަރީ

     1 (އެކެއް)

4

އަންހެނުންގެ ލީގުގެ ސެކްރެޓަރީ

     1 (އެކެއް)

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ މިޕާޓީގެ މެންބަރުން 19 ޖޫން 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 03:00 ގެކުރިން އެމީހެއްގެ ވަނަވަރާއި (ސީވީ) ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް މިޕާޓީގެ އިދާރާ (މ.ކުނޫޒް) ނުވަތަ admin@jumhooreeparty.org.mv  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި އީމެއިލް ކުރައްވާނަމަ، އެކަންވެސް އެމުއްދަތުގެ ތެރޭގައި ޕާޓީ އޮފީހަށް އެންގެވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޕާޓީ އޮފީހުގެ ނަންބަރު 3014999 ނަންބަރު ފޯނަށް ގުޅުއްވުމަށް ވެސް ދަންނަވަމެވެ.

16 ޖޫން 2018

 

 
yesiten