Jumhooree party

ޖުމްހޫރީ ޕާޓީ

 

ގުޅިފައިވާ ޕާޓީތަކުން ނެރޭ ނޫސްބަޔާން

ގުޅިފައިވާ ޕާޓީތަކުން ނެރޭ ނޫސްބަޔާން

 

       ދިވެހި ދައުލަތް ހިންގުމުގެ މުޅި ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ރައްޔިތުންނަށް އަނިޔާވެރިވެ، ދިވެހިރާއްޖެއަށް ތަޢާރަފުކުރި ޑިމޮކްރެޓިކް ނިޒާމު ވެއްޔާ މޮޑެލައި، އިންސާނީކަރާމަތާއި އިންސާނީ ޙައްޤުތައް ނިގުޅައިގަނެ، އަދުގެ ސަރުކާރުން ކުރަމުންދާ ޚުދުމުޚްތާރު، އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސް، ގުޅިފައިވާ ސިޔާސީ ޕާޓީތައް (ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި، ޢަދާލަތު ޕާޓީ އަދި ރައީސް އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމު) ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހުރިހާ ޕާޓީތަކެއް ތަމްސީލު ކުރުމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަކު ނެރެ، އިންތިޚާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ކުރަން ނިންމައިފީމެވެ.

      މިފުރުޞަތުގައި މި މުހިންމު ނިންމުމުގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ތިއްބެވި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.

29 ޖޫން 2018

 

 
yesiten