Jumhooree party

ޖުމްހޫރީ ޕާޓީ

 

ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންގމޭޓަކަށް ކުރިމަތިލުމަށް ހުޅުވާލުން

ނަންބަރު :014JP-IL/2018/7/

 ޖުމްހޫރީ ޕާޓީ

މާލެ،

                            އިޢުލާން

ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންގމޭޓަކަށް ކުރިމަތިލުމަށް ހުޅުވާލުން

      ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫން ހިމެނޭގޮތުން އުފައްދާފައިވާ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން 2018 ވަނައަަހަރުގެ ރިޔާސީ އިންތިޚާބާއި، 2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކުގައި މަސައްކަތްކުރުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތްވާ ގޮތުގެމަތީން، މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ 117 ވަނަ ބައްދަލުވުމުން 08 ޖުލައި 2018 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

      އެހެންކަމުން ކުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގެ ފަރާތުން މިއަހަރުގެ ރިޔާސި އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީ ގެ ރިޔާސީ ކެނޑިޑޭޓް ގެ ރަނިންގމޭޓް އަކަށް ބޭފުޅަކު ހަމަޖެއްސުމަށް ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ފުރުޞަތުގައި، ޕާޓީގެ ފަރާތުން ބޭފުޅަކު ހަމަޖެއްސުމަށްޓަކައި، ބާއްވާ ޕުރައިމަރީ ގައި ވާދަކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކުރާ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގައި ހުންނާންވީ ޝަަރުތުތައް ފުރިހަމަވާ ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް ހުޅުވާލައިފީމެވެ.

      ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ މިޕާޓީގެ މެންބަރުން 14 ޖުލައި 2018 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެކުރިން އެމީހެއްގެ ވަނަވަރާއި (ސީވީ) ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް މިޕާޓީގެ އިދާރާ (މ.ކުނޫޒް) ނުވަތަ admin@jumhooreeparty.org.mv  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި އީމެއިލް ކުރައްވާނަމަ، އެކަންވެސް އެމުއްދަތުގެ ތެރޭގައި ޕާޓީ އޮފީހަށް އެންގެވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޕާޓީ އޮފީހުގެ ނަންބަރު 3014999 ނަންބަރު ފޯނަށް ގުޅުއްވުމަށް ވެސް ދަންނަވަމެވެ.

                              08 ޖުލައި 2018

 

 
yesiten